ENGLISH

15 ޑިސެމްބަރު 2025

Advertisement

ފ. މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ

14 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ފ.މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ

ފ. މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރަތް ކުރުމުގެ މަސައްކަތުގެ ތެރެއިން ޓައި ބީމް ބެންޑިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މަގޫދޫގައި އަޅާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި، ފުރާޅާއި، ދަވާދުލުމުގެ މަސައްކަތްތާއި ބޭރު ފަރުމާކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެެވެ.

މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮަތަށް 5.34 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން ބުނީ މަގޫދޫގައި ގާއިމުކުރެވޭ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް އިޖްތިމާއީ ގޮތުންނާއި ސިއްހީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށެވެ.  

ކިޔުންތެރިންގެ ހިޔާލު