ENGLISH

27 އޮކްޓޯބަރު 2025

Advertisement

އޭޝިއަން ޔޫތު ގޭމްސް 2025: އެތުލެޓިކްސް އަންހެން ޓީމު މެޑްލޭ ރިލޭ އިވެންޓްގެ ފައިނަލަށް

26 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް އަންހެން ޓީމުގެ ކުޅުންތެރިން. --ފޮޓޯ: އެމްއޯސީ

ބަހްރެއިންގެ މަނާމާގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން މެޑްލޭ އިވެންޓްގެ ސެމީ ފައިނަލް ހީޓް އެކެއްގައި ވާދަކޮށް، ރާއްޖޭގެ އެތުލެޓިކްސް ޓީމުން މެޑްލޭ ރިލޭ އަންހެން ޤައުމީ ރެކޯޑު މުގުރާލައި، އެ އިވެންޓްގެ ފައިނަލް ހީޓަށް ދަތުރުކޮށްފިއެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ދުވުނު ރާއްޖޭގެ ޒުވާން ހަތަރު އެތުލީޓުން ޤައުމީ ރެކޯޑު މުގުރާލީ ބޮޑު ތަފާތަކުން ވެސް މެއެވެ.

ސެމީ ފައިނަލް ހީޓް އެކެއްގައި މިއަދު ވާދަކޮށް ރާއްޖޭގެ މަރިޔަމް މައިހާއާއި އައިޝަތު ލުހްޔާ، ޝުއާ އަހުމަދު އަދި އަމަތުﷲ ބިންތު ޔާމީން ހިމެނޭ ރިލޭ ޓީމުން ރެކޯޑު ހެދީ ދެ މިނެޓް، 31.25 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ކުރިން މިރެކޯޑް އޮތް އައިޝަމް ޝައިމް އަޒީޒާއި ހައްވާ މުޒްނާ ފާއިޒް، އައިޝަތު ނުބްލާ ނާހިދު ޝައުގީ އަދި ޖަޒްލާ ހަސަން އަހުމަދު ހިމެނޭ ރިލޭ ޓީމުން ރެކޯޑު ހަދާފައިވަނީ ދެ މިނެޓް 43.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް ހަދާފައި ވަނީ މާލޭގައި ބޭއްވި އިންޓަރ ސްކޫލް ޗެމްޕިއަންޝިޕްގަ އެވެ.

ހީޓްގެ ތިންވަނައަށް ރާއްޖޭގެ ރިލޭ ޓީމު މިއަދު ރޭސް ނިންމައި، އޭޝިއަން ޔޫތު ގޭމްސްގެ އަންހެން މެޑްލޭ އިވެންޓްގެ ފައިނަލަށް ކޮލިފައިވި އިރު، އެޓީމުން ހޯދާފައި މިވަނީ ތާރީޚީ ކާމިޔާބީއެކެވެ. 

ކިޔުންތެރިންގެ ހިޔާލު