ENGLISH

07 ޖޫން 2026

Advertisement

ގައްދޫގައި އެންދަމަން ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

07 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ގދ. ގައްދޫ އިން މަހަށް ގޮސް އުޅެނިކޮށް ގެއްލުނު މީހަކު ނިޔާވެއްޖެއެވެ.

ގދ. ގައްދޫ އޭޝިޔާ، އިސްހާގު ރަޝީދު (44އ) ގެއްލިފައިވަނީ މަހަށް ގޮސް އެންދަމަން ފައިބައި އުޅެނިކޮށެވެ.

އޭނާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަަތިހު 05:40 އެހައިކަންހާއިރުއެވެ.

ފުލުހުން އޭނާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އޭނާ ފެނިފައިވަނީ މޫދު އަޑިންނެވެ.

މައުލޫމާތުލިބޭ ގޮތުގައި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ.

ގައްދޫ ކައުންސިލުން ބުނީ އިސްހާގު ރަޝީދު ގެއްލުނީ ގައްދޫ ކައިރީ އޮންނަ މާވެއްދޫ މައިފަރު ބޭރުގައި އެންދަމަން ފައިބައި އުޅެނިކޮށް ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުންދާ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު