ENGLISH
26 އޮކްޓޯބަރު 2025
ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް: ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑެލް
26 އޮކްޓޯބަރު 2025
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން އެތުލެޓިކްސް ޓީމުގެ ކުޅުންތެރިން. ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ހަތަރުވަނަ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން އެތުލެޓިކްސް ޓީމުން ލޯ މެޑެލް ހޯދައިފިއެވެ.
މިއީ މި ފަހަރުގެ ސައުތު އޭޝިއަން ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ހޯދި ފުރަތަމަ މެޑެލް އެވެ.
މުބާރާތުގައި ރާއްޖޭގެ އަންހެން އެތުލެޓިކްސް ޓީމުން ލޯ މެޑެލް ހާސިލްކުރީ، އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިވެންޓުންނެވެ.
އިންޑިއާގެ ރާންޗީގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ރިލޭ ޓީމުން ވަނީ، 47.79 ސިކުންތުން ރޭސް ނިންމައިފައެވެ. މި އިވެންޓްގައި ރާއްޖޭގެ ކުޅުންތެރިން ވަނީ، ބަންގްލަދޭޝް އާއި ނޭޕަލްގެ މައްޗަށް ކުރިހޯދައިފައެވެ.
މި މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި ހިމެނެނީ ކުޅުދުއްފުށީ ސިޓީގެ އަހުނާ ނިޒާރާއި، އައްޑޫ ސިޓީގެ ހައްވާ މުޒްނާ ފާއިޒާއި، މާލެ ސިޓީއަށް ނިސްބަތްވާ ޒިވާ މޫޝާ ޝަފީއު އަދި އައިޝަތު ޝަބާ ސަލީމް އެވެ.