ENGLISH

25 އޮކްޓޯބަރު 2025

Advertisement

ތުޅާަދޫ ކައުންސިލުން ނެރުނީ ދޮގު ބަޔާނެއް؛ ޝައިޚް އިބްރާހީމް ވިދާޅުވީ ދީނީ ގޮތުން ކަަން އޮތް ގޮތް ބަޔާންކޮށްދެއްވި ކަމަށް

25 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އިސްލާމީ މަރުކަޒުގެ އިމާމް އިބްރާހީމް ރަޝީދު ހަސަން

ތުޅާދޫގައި ހުންނަ މަސްޖިދުއްރަހްމާނުގައި ގަބުރުކަށި ހުރިކަމަށް ބުނާ މައްސަލާގައި ދީނީ ގޮތުން ކަން އޮތް ގޮތް ބަޔާންކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް ކަމެއް ނުކުރާކަމަށް ބުނެ އެ ރަށު ކައުންސިލުން ނެރުނު ބަޔާން އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚް އިބްރާހީމް ރަޝީދު ދޮގުކުރައްވަައިފިއެވެ. 

ތުޅާދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަސްޖިދުއްރަހްމާން ހުޅުވުން ލަސްވަނީ ކައުންސިލުން އެއްބާރުލުން ނުލިބިގެންކަމަށް ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު ދެއްކެވި ވާހަކަފުޅަކީ އިތުރުފުޅެއް ކަމުގައި ވިދާޅުވެ ދެއްވި ޖަވާބަކީ އިތުރުފުޅެއް ކަމަަށެވެ. 

މިސްކިތް ހުރި ބިމުގައި ގަބުރުކަށި ހުރިތޯ ބެލުމަށް އިސްލާމިކް މިނިސްޓްރީގެ ވަފުދެއް އެ ރަށަށް ވަޑައިގެންނެވި ނަމަވެސް އެ ރަށުގެ ރައްޔިތުންގެ މެދުގައި އެކަމާމެދު ހިޔާލު ތަފާތުވުން އުފެދުމާ ގުޅިގެން ދީނީ ގޮތުން ކަން އޮތް ގޮތް ބަޔާންކޮށްދިނުމަށް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކުރިކަން އެނގެން ނެތްކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. 

ކައުންސިލުގެ ބަޔާނާ ގުޅިގެން ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ޝައިޚް އިބްރާހީމް ވިދާޅުވީ މަސްޖިދުއްރަހްމާން ހުރި ބިމުގައި ގަބުރުކަށި ހުރިތޯ ބެލުމަށް އިސްލާމިކް މިނިސްޓްރީން ފޮނުވި ވަފުދުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. 

ރައްޔިތުންގެ މެދުގައި މި މައްސަލައާ ގުޅިގެން އުފެދިފައި ހުރި ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވިކަމަށާއި، އެކަންކަމާ ގުޅޭ ގޮތުން އެ ރަށުގައި ދީނީ ދަރުހެއްވެސް ދެއްވި ކަމުގައި ޝައިޚް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. 

ޝައިޚް އިބްރާހީމް ވިދާޅުވީ މި މައްސަލާގައި ދީނީ ގޮތުން ކަން އޮތް ގޮތް ބަޔާންކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ދޭހަވާ ގޮތަށް ކައުންސިލުން ބަޔާނެއް ނެރުމަކީ ހިތާމަަކުރައްވާ ކަމެއް ކަމުގައެވެ. 

އަދި ދީނީ ކަންކަމުގައި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބަޔާންތައް ނެރުމަކީ ހިތާމަކުރައްވާ ކަމެއްކަން ބަޔާންކުރައްވަމުން ޝައިޚް އިބްރާހީމްވަނީ ކައުންސިލުން ބަޔާން ނެރުއްވާއިރު އެފަދަ ކަންކަމުގައި ރައްޔިތުންނަށް އޮޅުންނާރާނެ ގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު