ENGLISH
25 އޮކްޓޯބަރު 2025
އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލު އުފެއްދުމާމެދު ހިޔާލު ހޯދުމުގެ ވޯޓު ފަށައިފި
25 އޮކްޓޯބަރު 2025
|
އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލު އުފެއްދުމާމެދު ހިޔާލު ހޯދުމަށް ނަގާ ވޯޓު ކުރިއަށްދަނީ، ފޮޓޯ: ޕީއެސްއެމް
އައްޑޫ ސިޓީގައި ހިމެނޭ ތިން ރަށެއްގަައި ވަކި ރަށު ކައުންސިލުތަކެއް އުފެއްދުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ފަށައިފިއެވެ.
މި ވޯޓު ކުރިއަށްގެންދަނީ އައްޑޫ ފޭދޫއާއި ހުޅުދޫއާއި މީދޫގައެވެ. އެ ތިން ރަށް އައްޑޫ ސިޓީ ކައުންސިލުން ވަކިކޮށް ވަކި ރަށު ކައުންސިލުތަކެއް އުފެއްދުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ވޯޓު ލާން ހުޅުވައިލީ މިއަދު ހެނދުނު 8:00 ގައެވެ.
އިލެކްޝަންސް ކޮމިޝަަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި ވޯޓުގައި ބައިވެރިވުމުގެ ހައްގު ފޭދޫއިން 4،355 މީހުންނަށް އަދި ހުޅުދޫން 2،874 މީހަކަަށް އަދި މީދޫން 2،347 މީހަކަށް ލިބެއެވެ.
މި ވޯޓު ނެގުމަށް ފޭދޫގައި ފަސް ފޮށި އަދި ހުޅުދޫއާއި މީދޫގައި ކޮންމެ ރަށެއްގައި ތިން ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުން ވޯޓުލުމަށް މާލޭގެ ކަަލާފާނު ސްކޫލުގައި ހަތް ފޮށި ބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވެއެވެ.
ރަށު ކައުންސިލު އުފެއްދުމާމެދު މި ތިން ރަށުގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓު ކުރިއަށްދާނީ މިއަދު ހަވީރު 04:00 އާ ހަމައަށެވެ.
އަދި ވޯޓު ލައި ނިމޭތާ ބައިގަޑިއިރު ތެރޭގައި ވޯޓު ގުނަން ފެށުމަށްވެސް އިލެކްޝަންސް ކޮމިޝަަނުންވަނީ ނިންމާފައެވެ.