ENGLISH
15 ނޮވެމްބަރު 2025
އޮތީ ފުރިހަމަ ޕްލޭނެއް: ބިން ހިއްކަން ދެ ޑްރެޖަރު ގެންނަނީ
15 އޮކްޓޯބަރު 2025
|
ކޮމަންޑޫ އެއާޕޯޓް ތަރައްޤީކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށުން --
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް ވަރަށް އަވަހަށް ދެ ޑްރެޖަރު ގެންނަން ނިންމައިފި އެވެ.
އެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ ވަނީ ހާމަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ އެމްއޭސީއެލުން ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަވަނީ، އެރޮނގުން ކުރިއަރާފައިވާ، އެންމެ ފެންވަރު ރަނގަޅު، ބޭރުގެ ދެ ކުންފުންޏަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށެވެ.
އެގޮތުން ގާތްގަނޑަކަށް 11000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމޭއިރު ރާއްޖެ ގެނެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގައި 40000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެ ޑްރެޖަރު މަސައްކަތް ކުރާނީ ރަސްމާލޭގައި ކަމަށާ، ތިން ވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ތެރޭގައި ގެނަސް، ހއ. ދިއްދޫގެ ޕްރޮޖެކްޓު ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ދެން ފަށާނީ ށ. ކޮމަންޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކަމުގައި ވިދާޅުވެ، މަޝްރޫޢުގެ ތަފްސީލުތައް، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފަ އެވެ.
ރައީސް މިހެން ވިދާޅުވިއިރު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް މިހާރު ވަނީ ފެށިފަ އެވެ. އެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެތޯ ވާދަވެރީން ދަނީ ސުވާލު އުފައްދަމުންނެވެ.
އެ ސުވާލުތަކާއި ގުޅިގެން އާންމުންގެ މެދުގައި އުފެދޭ އޮޅުންއެރުންތަކާއި ގުޅިގެން ރައީސް ގެންދަވަނީ ތަރައްޤީގެ އެ މަޝްރޫޢުތައް ކުރިއަށް ގެންދަވަން ރާއްވަވާފައިވާ ފުރިހަމަ ޕްލޭންތައް ހިއްސާ ކުރައްވަމުންނެވެ. ރައީސް އަބަދުވެސް ވިދާޅުވަނީ އެމަނިކުފާނަކީ ވެވަޑައިގަންނަވާ ކޮންމެ ވަޢުދުފުޅެއް ވެވަޑައިގަންނަވަނީ ފުއްދެވުމުގެ ފުރިހަމަ ނިޔަތާއި ޕްލޭން އޮވެގެން ކަމަށެވެ.