ENGLISH
08 ޑިސެމްބަރު 2025
ކަސްޓަމުން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓް ނައްތާލައިފި
08 ޑިސެމްބަރު 2025
|
ކަސްޓަމްސްއިން ސިނގިރޭޓްތައް ނައްތާލަނީ --
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓް ނައްތާލައިފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1,830,000 (އެއް މިލިއަން އަށްލައްކަ ތިރީސްހާސް) ސިނގިރޭޓް ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ.
މިއީ އައްޑޫ ސިޓީ ހިތަދޫ ޕޯޓުން އަތުލައިގަތް ތަކެއްޗެވެ. މި ތަކެތި ނައްތާލީ ހިތަދޫ ޕޯޓްސް ސަރަހައްދުގައި ކަމަށްވެސް ބުންޏެވެ.
ރާއްޖޭގައި ދުންފަތުގެ ޤާނޫނު ހަރުކަށި ކުރުމުން ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ މަސައްކަތް ކުރާ މީހުން ހުއްޓުވަން ސަރުކާރުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. މިހާރުވެސް އެފަދަ ބޮޑެތި އެތައް މައްސަލަތަކެއް ދަނީ ބަލަމުންނެވެ.
އެކަމުގައި ވަކި މީހަކަށް ބެލުމެއް ނެތި ސަރުކާރުގެ އިދާރާތަކުން ދަނީ ޤާނޫނު ތަންފީޒު ކުރަމުންނެވެ.