ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ނޭޕާލްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

15 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ނޭޕާލްގެ އައު ބޮޑުވަޒީރު އަދި ރައީސް މުޢިއްޒު --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ސުޝިލާ ކާރްކީ އައްޔަންކުރެއްވުމާ ގުޅިގެން، އެކަމަނާއަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެކަމަނާއަކީ ނޭޕާލްގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް އައްޔަންކުރެވުނު އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވައި، އެއީ މުހިންމު ކާމިޔާބީއެއްކަން ފާހަގަ ކުރައްވާފައިވެ އެވެ.

އަދި އެކަމަނާގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީ އާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ނޭޕާލްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ނޭޕާލްގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބްލޮކް ކުރުމާ ގުޅިގެން އެ ޤައުމުގެ ޒުވާނުން ފެށި މުޒާހާރާތައް ހޫނުވެ ތަންތަނުގައި އަލިފާން ޖަހާ ހަމަނުޖެހުން ވަރަށް ބޮޑުވި އެވެ. އެ ހަމަނުޖެހުންތަކާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުން ސަރުކާރު ވަނީ ވެއްޓިފަ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާރްކީ ވިދާޅުވީ މަޤާމުގައި ދިގު މުއްދަތަކަށް ދެމި ނުހުންނަވާނެ ކަަމަށެވެ. އެންމެ ގިނަ ވެގެން ހަ މަސް ދުވަަސްތެރޭ އިންތިޚާބެއް ބާއްވާ ވެރިކަން ހަވާލުކުރައްވާނެ ކަމަށެވެ. ސުޝިލާ އަކީ މުޒާހަރާ ކުރި ޒުވާނުން, ވަގުތީ ގޮތުން ވެރިކަމަށް ގެންނަން ބޭނުންވި ލީޑަރެވެ.

ކިޔުންތެރިންގެ ހިޔާލު