ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

އަލިފާން، އޮފިޝަލް ޓްރެއިލާ: މިއީ އެހެން ލެވެލްއެއްގެ ފިލްމެއް

15 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އަލިފާން ފިލްމުގެ ޓްރެއިލާއިން ފާހަގަކޮށްލެވޭ ބައެއް މަންޒަރުތައް --

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ -- ޑާކްރެއިން އެންޓަރޓައިމަންޓްގެ އައު ފިލްމް "އަލިފާން" ގެ އޮފިޝަލް ޓްރެެއިލާ ޢާންމުކޮށްފި އެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމު އޮފިޝަލް ޓްރެއިލާ ވަރަށް ހިތްގައިމެވެ. އާދަޔާ ޚިލާފަށް މޮޅެވެ. އޮފިޝަލް ޓްރެެއިލާ އިން ފިލްމަށް ކުރެވޭ އުންމީދު ބޮޑުވެ އެވެ.

މި ފިލްމު ހުރިހާ ގޮތަކުން ވެސް މޮޅުވެފައި ތަފާތު ވާނެ ކަމަށް ބެލެވެ އެވެ. މިއީ މުޖްތަމައުގެ އަނދިރި ފަރާތުގަައި ހިނގާ ވަރަށް ގިނަ ކަންކަން ދައްކުވައިދޭ ޝައުގުވެރި ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.

ޓްރެއިލާ އިން އެންްމެ ފާހަގަކޮށްލެވެނީ މަންޒަރުތަކުގެ ހިތްގައިމު ކަމެވެ. ޑާރްކެއިންގެ އުފެއްދުންތަކުގެ ބިއުޓީ އަކީ އަބަދުވެސް ފިލްމުތަކުން ފެންނަ ހިތްގައިމު މަންޒަރުތަކެވެ. މަންޒަރުތައް ގެނެސްދޭ ފުރިހަމަ ކަމެވެ.

ތިރީގައި މި ވަނީ އަލިފާން ފިލްމުގެ އޮފިޝަލް ޓްރެއިލާ އެވެ. ބަލައިލާ އިންސާފުކޮށްލާށެވެ.

މި ފިލްމުގައި މައިގަނޑު ތަރީންގެ ތެރޭގައި ޝީލާ ނަޖީބު, މުޙައްމަދު ފައިސަލް, ރަވީ ފާރޫގް އަދި ޝަރަފުއްދީން ހިމެނެ އެވެ.

އެންމެ ފަހުން އޮތް ފިލްމު އެވޯޑްސްގައި އެންމެ ގިނަ އެވޯޑް ހޯދި ޑާކްރެއިންގެ މި ފަހަރު ފިލްމް "އަލިފާން" މިއީ އެ ސްޓޫޑިއޯގެ ކާމިޔާބަށް އިތުރުވާނެ ބޮޅަކަށްވާނެ ކަމުގެ ޔަގީންކަން ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު