ENGLISH
18 ޖުލައި 2025
ބާރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
18 ޖުލައި 2025
|
ދިވެހި ފުލުހުންގެ ހިދުމަތް
ބާރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަޙުޤީޤު ފަށައިފި އެވެ.
ފުލުހުންގެ ޚިދުމަތުން މިރޭ ބުނި ގޮތުގައި މި ހާދިސާ ހިނގީ ސައުތު ޕޮލިސްގެ ރަށެއްގަ އެވެ. ސައުތު ޕޮލިސް ގައި ހިމެނެނީ ގއ އަތޮޅާއި ގދ އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އެވެ.
ފުލުހުން ބުނި ގޮތުގައި އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ 16 ވަނަ ދުވަހު ވަނީ ހުށައަޅާފަ އެވެ.
އެ މައްސަލަ އެ ރަށުގެ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ.