ENGLISH
04 ޖުލައި 2025
ވިލުފުށީގެ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ގުޅަން ފެނަކައަށް
03 ޖުލައި 2025
|
ވިލުފުށީގެ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ގުޅަން ފެނަކައާ ހަވާލުކުރުން -- ފޮޓޯ: އެންވައިރްމަންޓް މިނިސްޓްރީ
ތ. ވިލުފުށީގައި އިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅުމަށް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަލީ ފާރިސް ޔޫސުފް އެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އާރިފެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އިން ބުނީ ފެނަކަ އަށް އެ މަސަައްކަތް ހަވާލުކުރީ 8 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. އަގަކީ 13،809،463.64 ރުފިޔާ އެވެ.
ނޫމަޑި ކުންފުންޏާއި ހަވާލުކޮށްގެން ވިލުފުށީގައި 100 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރީ 2011 ވަނަ އަހަރު އެވެ. ނަމަވެސް އެ މަޝްރޫޢު ނުނިމި ދިގުލައިގެން ދިޔައީ އެވެ. އެހެން ކަމުން ފަހުން އެެ މަސައްކަތް ނިންމަން އަަމީން ކޮންސްޓްރަކްޝަންއާ ވަނީ ހަވާލުކޮށްފަ އެވެ.
އެ މަސައްކަތް އެ ކުންފުނިން މިހާރު ވަނީ ނިންމާފަ އެވެ.