ENGLISH
04 ޖުލައި 2025
ރަހީނުކޮށްފައި ހުރި ދިވެއްސަކު ސަލާމަތްކޮށް މީހަކު ހައްޔަރު ކޮށްފި
03 ޖުލައި 2025
|
ރަހީނުކުރުމުގެ ތުހުމަތު އޮތް މީހާ
ރަހީނުކޮށްފައި ހުރި ދިވެއްސަކު ސަލާމަތްކޮށް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ ގެއެއްގެ ތެރޭގައި ހުއްދަ ނެތް ގޮތުގައި މީހަކު ހިފަހައްޓާ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށައަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުޤީޤުން ކުރި މަސައްކަތުން އެމީހާ ހުރިތަން ހޯދާ މިއަދު ސަލާމަތް ކޮށްފައިވާ ކަމަށް ބުންޏެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށީން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ, ސުވާސާގެ އުމުރުން 48 އަހަރުގެ އިބްރާހިމް ސަޢީދު އެވެ.
ފުލުހުން ބުނީ ހިފަހައްޓައިގެން ގެންގުޅެ އަނިޔާ ކޮށްފައިވާ މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.
މިފަދަ އެހެން ހާދިސާއެއް މިއަދު ވަނީ ހިނގާފަ އެވެ. އެއީ ބިދޭސީ އަކު ރަހީނުކުރި މައްސަލަ އެކެވެ. އެ މީހާ ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ.