ENGLISH

03 ޖުލައި 2025

Advertisement

ގެސްޓްހައުސްއެއްގައި ދިވެހި ޒުވާނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

03 ޖުލައި 2025

|

އަޙުމަދު ޙަމީދު

މާލެ ސިޓީ

ގެސްޓްހައުސްއެއްގައި ދިވެހި ޒުވާނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލެ, ގަލޮޅުގައި ހުންނަ ގެސްޓް ހައުސްއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނުފައިވާ ކަމަށެވެ. އެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 2:15 ހާއިރު ކަަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 32 އަހަރުގެ އިބްރާހިމް ސިފާދު އެވެ. އެއީ ނ. ވެލިދޫއަށް ނިސްބަތްވާ ޒުވާނެކެވެ.

މި މައްސަލަ ތަހުޤީޤު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު