ENGLISH

03 ޖުލައި 2025

Advertisement

މާލެއިން މީހަކު ގެއްލިގެން ހޯދަނީ، ޚަބަރެއް ނުވާތާ ހަފްތާއެއް

03 ޖުލައި 2025

|

އަޙުމަދު ޙަމީދު

ގެއްލިގެން ހޯދަމުންދާ މީހާ -- ފޮޓޯ: ޕޮލިސް

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) އެވެ.

ފުލުހުން ބުނީ ޖޫން 25 ވަނަ ދުވަހުން ފެށިގެން ސާމީ ޢަބްދުލްޙަމީދު ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ 18:16 އެހައިކަންހާއިރުއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ހޯދިފައިނުވާ ކަމަށް ވެސް ބުންޏެވެ.

 ސާމީ ޢަބްދުލްޙަމީދު އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ވެސް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު