ENGLISH
03 ޖުލައި 2025
ޕޯޗުގަލް އާއި ލިވަޕޫލްގެ ފޯވާޑް ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ
03 ޖުލައި 2025
|
ފޮޓޯ: ސްކައި ސްޕޯޓްސް
އިނގިރޭސިވިލާތުގެ ލިވަރޕޫލް އަށް ކުޅެމުން އައި ޕޯޗުގަލްގެ ފޯވާޑް، ޑިއޯގޯ ޖޮޓާ މަރުވެއްޖެެވެ.
ދާދި ދެންމެއަކު ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި 28 އަހަރުގެ ޖޮޓާ މަރުވެފައިވަނީ، ކުރިމަތިން ދުއްވާފަ ދިޔަ އުޅަނދު އޯވަރޓޭކް ކުރަން އުޅެނިކޮށް އޭނާ ދުއްވަން އިން ކާރުގެ ފުރޮޅުގެ ހަން ފަޅައިގެން ގޮސް، ކާރުގައި އަލިފާން ރޯވެގެންނެވެ.
ޖޮޓާ ކާރު އެކްސިޑެންޓުގައި މަރުވިއިރު އޭނާގެ ތިން ކުދިން ތިބެއެވެ. ޖޮޓާ ކައިވެނިކުރީވެސް މީގެ ދެތިން ހަފްތާ ކުރިންނެވެ.
ޖޮޓާ ވަނީ، ލިވަރޕޫލް އާ އެކު މިދިޔަ ސީޒަންގެ އިގިރޭސި ޕްރެމިއަރ ލީގް ކާމިޔާބުކުރުމުގެ އިތުރުން ޕޯޗުގަލް އާއެކު 2025 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގް ވެސް ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ ލިވަރޕޫލްގައި ޖުމްލަ 182 މެޗު ކުޅެ، 65 ލަނޑު ޖަހާފައެވެ.