ENGLISH
03 ޖުލައި 2025
ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރާނެ ބަޔަކު ހޯދަނީ
03 ޖުލައި 2025
|
ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އެ އިއުލާނުގައި ވަނީ، ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވަލާފަ އެވެ. އެއީ:
މީގެތެރެއިން މ. މުލި އަދި ތ. ވޭމަންޑޫ މަޝްރޫއުގެ ބިޑު ސެކިއުރިޓީއަކަށް 212,50 ރުފިޔާ ކަނޑައަޅާފައިވާއިރު އެހެން ރަށްރަށުގެ މަޝްރޫއުއަށް ކަނޑައަޅާފައިވަނީ 72،250 ރުފިޔާ އެވެ.
ފުލުހުންގެ މަރުކަޒުތަކުގެ އިތުރުން ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކުތަކެއް އެޅުމުގެ މަސައްކަތަށް ވެސް ވަނީ ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީގައި ހިންގާ އެ މަޝްރޫއުގެ ބޮޑު ސެކިއުރިޓީއަކަށް ކަނޑައަޅާފައިވަނީ 127،500 ރުފިޔާ އެވެ.
މިނިސްޓްރީން ބުނެފައިވަނީ ބީލަން ޕޯޓަލް މެދުވެރިކޮށް 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00:00ގެ ކުރިން މި މަޝްރޫއުތަކަށް ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ މަޝްރޫއުތަކުގެ ބިޑު ހުޅުވުން އޮންނާނީ އިއުލާނުގައިވާގޮތުން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 10:00:00 ގައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.