ENGLISH

03 ޖުލައި 2025

Advertisement

އޯއައިސީ ޔޫތު ކެޕިޓަލްގެ މަޝްވަރާގައި ވަޒީރު އިބްރާހީމް ވަހީދު ބައިވެރިވަޑައިގެންފި

03 ޖުލައި 2025

|

ޢަލީ ޝަހީމް

މޮރޮކޯގައި ކުރިއަށްދިޔަ އޯއައިސީ ޔޫތު ކެޕިޓަލްގެ ޕެނަލް ޑިސްކަޝަންގެ ތެރެއިން. ފޮޓޯ: ޔޫތު މިނިސްޓްރީ

މޮރޮކޯގެ މަރާކިޝްގައި ކުރިއަށްދިޔަ އޯއައިސީ ޔޫތު ކެޕިޓަލްގެ ފުރަތަމަ ޕެނަލް ޑިސްކަޝަނުގައި، މިނިސްޓަރ އޮފް އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހީމް ވަޙީދު ބައިވެރިވެވަޑައިގެންފިއެވެ.

ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރީ "ޔޫތު އާފްޓާ ދަ ކޮވިޑް-19 ޕެންޑަމިކް: ޕްރިއޯރިޓީސް އެންޑް އެކްސްޕެކްޑޭޝަންސް" އާ ގުޅޭގޮތުންނެވެ. 

މަޝްވަރާތަކުގައި ވަޒީރު އިބްރާހީމް ވަހީދު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭން ކުރި މަސައްކަތްތައް ހިއްސާކޮށްފައެވެ. މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާއާއެކު ގޮންޖެހުންތައް ކަޑައްތުކޮށް އެއްބައިވަންތަކަމާއިއެކު ކުރި މަސައްކަތް ވަޒީރު ހުށަހަޅުއްވައިދެއްވިއެވެ. 

މި ޕެނަލް ޑިސްކަޝަންގެ ކުރިން މިނިސްޓަރ ވަނީ މޮރޮކޯގެ ޒުވާނުންގެ މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލްއާ އެކު އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ އިސް ވަފުދާ ބައްދަލުކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު