ENGLISH
03 ޖުލައި 2025
"ފިއުޗަރ-ރެޑީ ޕްރޮގްރާމް" ގެ ނަމުގައި ހިލޭ ފޯރުކޮށްދޭ ކޯސްތަކަށް ހުޅުވާލައިފި
03 ޖުލައި 2025
|
ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު މެއި މަހު ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.
މަތީ ތަޢުލީމާއި މަސައްކަތްްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު" (މީރީ)، ޕްރޮޖެކްޓުގެ ފަރާތުން ހިންގާ "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގައި ޒުވާނުންނަށް ހިލޭ ބައިވެރިވެވޭ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ބުނީ، ކޯސްތަކަކީ އެއްވެސް ޚަރަދެއް ނުހިނގާ، މުޅިން ހިލޭ ފޮރުކޮށްދޭނެ ކޯސްތަކެއް ކަމަށެވެ. ކޯސް އަމާޒުކުރަނީ އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. ކޯސްތައް ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކުއެވެ.
މަތީ ތަޢުލީމާއި މަސައްކަތްްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ ކޯސްތައް ހިލޭ ހުޅުވާލުމުގެ މަޤްޞަދަކީ، އިގްތިސާދަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުން ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ޤައުމީ ސަނަދު ލެވެލް 3 ގެ ކޯސްތަކަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑި.އޭ) ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިޔަރީ ހިމެނޭގޮތަށް ހިންގާ ކޯސްތަކެއް ކަމަށް މަތީ ތަޢުލީމާއި މަސައްކަތްްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.