ENGLISH
03 ޖުލައި 2025
ވީއޭއެމް ކަޕް: އެޗްޑީސީ ބަލިކޮށް، ސިފައިން ޗެމްޕިއަންކަން ހޯދައިފި
03 ޖުލައި 2025
|
މުބާރާތުގެ ޗެމްޕިއަން ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ޓްރޮފީ ހަވާލުކޮށްދެއްވަނީ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ވީއޭއެމް ކަޕްގެ ފިރިހެން ޑިވިޝަނުގެ ތަށި ދިފާއުކުރަން ނިކުތް ކްލަބް އެޗްޑީސީ ބަލިކުރުމަށްފަހު ދިވެހި ސިފައިންގެ ކްލަބުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މެޗުން ދިވެހި ސިފައިންގެ ކްލަބް މޮޅުވީ 3-2 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓުން ސިފައިން ކުރިހޯދީ 26-24 އިންނެވެ.
އެކަމަކު، ދެން ޖެހިގެންއައި ދެވަނަ ސެޓު 25-23 އިން އަދި، ތިންވަނަ ސެޓުގައި 25-22 ގެ ތަފާތަކުން އެޗްޑީސީ ކާމިޔާބުކުރިއެވެ.
އެހެންނަމަވެސް، މެޗުގައި ދެން ކުޅެވުނު ސެޓު 25-20 އިން ކުރިހޯދައި، އަދި ފަހު ސެޓުގައި 15-10 އިން ކާމިޔާބުކޮށް، ސިފައިން ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ، ލުއިޒް އެވެ.
ފައިނަލް މެޗު ނިމުމުން މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި މެޑެލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.
ވީއޭއެމް ކަޕްގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިން:
އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) – ކްލަބް އެޗްޑީސީ
އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އާދަމް ނަސީމް (އެޑަމް) – ދިވެހި ސިފައިންގެ ކްލަބް
އެންމެ މޮޅު މިޑްލްބްލޮކަރ: މުޙައްމަދު އަހުސަން – ކްލަބް އެޗްޑީސީ
އެންމެ މޮޅު މިޑްލްބްލޮކަރ: އާދަމް ފައިރޫޒް – ދިވެހި ސިފައިންގެ ކްލަބް
އެންމެ މޮޅު އޮޕޮސިޓް ޕްލެއާ: ޝަމާއިލް ހުސައިން – ކްލަބް އެޗްޑީސީ
އެންމެ މޮޅު ލިބެރޯ: އަހުމަދު މުޒްލިފް – ހުރާ ކޮމިއުނިޓީ ކްލަބް
އެންމެ މޮޅު ސެޓަރ: ހުސައިން ޝާހިދު – ދިވެހި ސިފައިންގެ ކްލަބް
އެންމެ އުއްމީދީ ކުޅުންތެރިޔާ: މުޙައްމަދު ސައިފް އަހުމަދު – ހުރާ ކޮމިއުނިޓީ ކްލަބް
އެންމެ މޮޅު ކޯޗު: ޖުނައިދު އަބްދުﷲ – ދިވެހި ސިފައިންގެ ކްލަބް
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ލުއިޒް – ދިވެހި ސިފައިންގެ ކްލަބް
މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ: ހުސައިން ޝާހިދު – ދިވެހި ސިފައިންގެ ކްލަބް