ENGLISH

01 ޖުލައި 2025

Advertisement

ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ފުރަތަމަ މެޗުން ބަލިވެއްޖެ

13 ޖޫން 2025

|

މުޙައްމަދު އަދުހަމް

ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ސިޑިބަރި

ސޯޅަ އަހަރުން ދަށުގެ ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ދިވެހިރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ލަންކާ އަތުން ރާއްޖެ ބަލިވީ 116-28 އިންނެވެ.

މާލޭގައި ހުންނަ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާ އިން ފެށިގެން މެޗު ނިމެންދެން ލަންކާ އިން ވަނީ، އިތުބާރާއެކު ކުޅެ، ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ.

އެގޮތުން، ފުރަތަމަ ދެ ކުއާޓާ ކުރެން ކޮންމެ ކުއާޓާއެއްގައި ލަންކާ އިން 33 ޕޮއިންޓް ހޯދިއިރު، ދެ ކުއާޓާގައި ވެސް ރާއްޖެ އަށް ހޯދުނީ އެންމެ 8 ޕޮއިންޓެވެ. ތިންވަނަ ކުއާޓާގައި ވެސް ލަންކާ އިން 31 ޕޮއިންޓް އެއްކުރިއިރު، މި ކުއާޓާގައި ރާއްޖެ އަށް ހޯދޭވަރުވީ އެންމެ ދެ ޕޮއިންޓެވެ.

މެޗުގައި ރާއްޖެ އަށް ކިރިޔާވެސް ފަރަގު ކުޑަކުރެވުނީ ފަހު ކުއާޓާގައެވެ. މި ކުއާޓާގައި ލަންކާ އިން 19 ޕޮއިންޓް އެއްކުރިއިރު، ރާއްޖޭން ވަނީ 10 ޕޮއިންޓް ހޯދައިފައެވެ.

މި މެޗުން ލަންކާ މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެ ޓީމުގެ ކެޕްޓަން، ޖެރަލްޑް އާރޮން ވަނީ 34 ޕޮއިންޓް ޓީމަށް ހޯދައިދީފައެވެ. ރާއްޖޭން އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ބެންޗުން ކުޅެން އެރި އައިދިން ޔޫނުސް ހަސަން އެވެ. އޭނާ ވަނީ 8 ޕޮއިންޓް ހޯދައިފައެވެ.

ކޮލިފައިންގައި ދެން ކުޅުނު އަނެއް މެޗުގައި ބަންގްލަދޭޝްގެ މައްޗަށް އިންޑިއާ އިން ކުރިހޯދީ 117-29 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު