ENGLISH

01 ޖުލައި 2025

Advertisement

ރާއްޖޭގެ ކެރަމް ތާރީޚުގައި ފުރަތަމަ ފަހަރަށް ޖޫނިއާ ޤައުމީ މުބާރާތެއް ބާއްވަނީ

12 ޖޫން 2025

|

މުޙައްމަދު އަދުހަމް

އެންމެ ފަހުން ބޭއްވި އިންޓަރސްކޫލް ކެރަމް މުބާރާތުގެ ތެރެއިން. --ފޮޓޯ: އެމްއެމް

އެއްވަނަ ޖޫނިއަރ ނޭޝަނަލް ކެރަމް ޗެމްޕިއަންޝިޕްގެ ނަމުގައި މުޅިން އަލަށް މުބާރާތެއް ބޭއްވުމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ޤައުމީ ކެރަމް މުބާރާތުގައި ޖޫނިއާ ކުޅުންތެރިންނަށް ހާއްސަކޮށް އިވެންޓެއް ހިމެނި ފުރަތަމަ ފަހަރެވެ.

ހުޅުމާލޭގައި ހުންނަ ސްޕޯޓްސް ކޮމްޕްލެކްސްގެ ކެރަމް އެރީނާގައި ބާއްވާ މުބާރާތް ފަށާނީ މި ޖޫން މަހުގެ 26 ގަ އެވެ.

ސީއޭއެމް އިން ބުނީ، މުބާރާތުގައި ބައިވެރިވެވޭނީ ދެ އުމުރުފުރާއަކަށް ކަމަށެވެ. އެއީ، އުމުރުން 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ކަމަށެވެ.

ނޮކްއައުޓް އުސޫލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުބާރާތުގައި ހިމެނެނީ؛ އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 22 ޖޫން 2025 ވާ އާދީއްތަ ދުވަހުގެރޭ 10:00 ކަމަށް ވެސް ސީއޭއެމް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު