ENGLISH
01 ޖުލައި 2025
ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގެ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް މާދަމާ ފަށަނީ
11 ޖޫން 2025
|
ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ޒުވާން ޓީމަށް ވަޒީރު ޖާޒީ ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ސޯޅަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންގެ ބައިގެ ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގ މެޗުތައް މާދަމާ ފަށަން ހަމަޖެހިއްޖެއެވެ.
މި މަހު 12 އިން 14 އަށް މާލޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ އުމުރުފުރައިގެ އަންހެން އަދި ފިރިހެން ޓީމަށް ޖާޒީ ހަވާލުކޮށްދެއްވީ، ދިރާގުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.
މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާއިލް ރަޝީދު އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޒުވާން ބާސްކެޓްބޯޅަ ޓީމުގެ ފަރާތަށް ވަޒީރަށް ބާސްކެޓްބޯޅަ ބޫޓެއް ހަދިޔާކުރަނީ. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ރޭގެ ރަސްމިއްޔާތުގައި ޒުވާން ބާސްކެޓްބޯޅަ ޓީމުގެ ފަރާތުން ވަޒީރަށް ވަނީ ބާސްކެޓްބޯޅަ ބޫޓެއް ހަދިޔާކޮށްފައެވެ.
ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ އުމުރުފުރައިގެ ރާއްޖޭގެ ފިރިހެން ޓީމު ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ސްރީ ލަންކާއާ އެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނޭ ސައުތު އޭޝިއާ ޒޯންގައި ހިމެނެނީ ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އެވެ.