ENGLISH

01 ޖުލައި 2025

Advertisement

'ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން' އިޢުލާނުކޮށްފި

09 ޖޫން 2025

|

އިސްމާއީލް ރާތިއު

'ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން މުބާރާތުގެ ތެރެއިން-- ފައިލް ފޮޓޯ: ޕީއެސްއެމް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ 'ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން'، މި މަހުގެ 25 އިން 28 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ.

ފަސް ޢުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ. މުބާރާތުގައި 9 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ޢުމުރުފުރާތަކުގެ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް ކެޓަގަރީގެ ކުޅުން ކުރިއަށްދާނެ ކަމަށް ރިވައިވަލް ސްޕޯޓްސް އިން މައުލޫމާތު ދެއެވެ.

މުބާރާތުގައި ކުޅުންތެރިން ސީޑުކުރެވިގެންދާނީ ރިވައިވަލް ސްޕޯޓްސް ރޭންކިންގ ތަރުތީބުން ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުން 100 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ރިވައިވަލް ސްޕޯޓްސްއިން ބުނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި އުސޫލު ރިވައިވަލް ސްޕޯޓްސްއިން މީސް މީޑިއާގައި މިހާރު އާންމުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު