ENGLISH

02 ޖުލައި 2025

Advertisement

ލޮސް އެންޖެލީސްގެ ބިދޭސީންގެ މުޒާހަރާ ހުއްޓުވަން ނެޝަނަލް ގާޑުގެ ސިފައިން ނެރެފި

09 ޖޫން 2025

|

ހަސަން އާމިރު

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލީސް ސިޓީގައި ބިދޭސީން އިސްވެ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ފުލުހުންނާ ކުރިމަތިލައި، ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވަން، ނެޝަނަލް ގާޑުގެ ސިފައިން ނެރުމަށް، ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފިއެވެ.

ލޮސް އެންޖެލީސްގައި އެތަކެއް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައި ވަނީ، އިމިގްރޭޝަން އިދާރާ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް) އިން ރޭޑު ޖަހައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ.

އައިސްއިން މި އޮޕަރޭޝަން ފަށާފައިވަނީ، އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ ހަރުކަށި މަސައްކަތްތަކުގެ ދަށުންނެވެ.

ލޮސް އެންޖެލީސްގެ އިތުރުން، އެހެން ސިޓީތަކަށް ވެސް ނެޝަނަލް ގާޑުގެ ސިފައިން ފޮނުވައި، ހަމަޖެހުން ޤާއިމުކުރާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ޓްރަމްޕްގެ އަމުރާއެކު، ލޮސް އެންޖެލީސްގެ ތިން ސަރަޙައްދަކަށް 300 އަށް ވުރެ ގިނަ ނެޝަނަލް ގާޑުގެ ސިފައިން، ހަތިޔާރާއެކު ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.

ހޯމްލޭންޑް ސެކިޔުރިޓީ އާ ގުޅިގެން، މުޒާހަރާ ކޮންޓްރޯލްކުރުމަށް ޕެޕަރ ސްޕްރޭ އާއި ކަރުނަ ގޭސް ބޭނުންކުރަމުންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

ކެލިފޯނިއާ ސްޓޭޓް ސަރުކާރުގެ ހުއްދަ ނެތި، ނެޝަނަލް ގާޑުގެ ސިފައިން ނެރުމުން، ޓްރަމްޕަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި މިއީ މައި ސަރުކާރުން ބާރުގެ ނާޖާއިޒު ބޭނުންކުރުން ކަމަށް ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް ގާޑަށް ލޮސް އެންޖެލީސްގައި ހިންގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލު ނުކުރެވިއްޖެ ނަމަ، އަސްކަރިއްޔާގެ ސިފައިން ފޮނުވާނެ ކަމަށް ވިދާޅުވެ، ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވަނީ އިންޒާރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު