ENGLISH

01 ޖުލައި 2025

Advertisement

ލެވަންޑޯސްކީ އަތުން ކެޕްޓަން ބޭންޑް އަތުލުމާ ގުޅިގެން ޤައުމީ ޓީމަށް ނުކުޅެން ނިންމައިފި

09 ޖޫން 2025

|

މުޙައްމަދު އަދުހަމް

ޕޮެލެންޑްގެ ފޯވާޑް، ލެވަންޑޯސްކީ. ފޮޓޯ: ރޮއިޓާސް

ކެޕްޓަން ބޭންޑް އަތުލުމާ ގުޅިގެން ޕޮލެންޑްގެ މިހާރުގެ ކޯޗު، މިކާލް ޕްރޮބިއާޒް ހުއްޓާ ދެން ޤައުމީ ޓީމަށް ނުކުޅޭނެކަމަށް ރޮބަޓް ލެވަންޑޯސްކީ ބުނެފިއެވެ.

އުމުރުން 36 އަހަރުގެ ލެވަންޑޯސްކީ އަތުން ކެޕްޓަންކަމުގެ ޒިންމާ ނެގުމަށްފަހު ކޯޗު، ޕްރޮބިއާޒް ވަނީ ޕިއޮޓްރެ ޒިއެލިންސްކީއާ އެ މަގާމު ހަވާލުކޮށްފައެވެ.

"ކޯޗު މިކާލް ޕްރޮބިއާޒް ވަނީ، ޕޮލެންޑްގެ ޤައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ޕިއޮޓްރެ ޒިއެލިންސްކީ އައްޔަންކޮށްފަ،" ޕޮލެންޑްގެ ފުޓްބޯޅަ ފެޑެރޭޝަން (ޕީޒެޑްޕީއެން) އިން ނެރުނު ބަޔާނެއްގައިވެއެވެ.

މިކަމާ ގުޅޭ މަޢުލޫމާތުތައް ލެވަންޑޯސްކީގެ އިތުރުން މުޅި ޓީމަށާއި ސްޓާފުންނަށް ވެސް ކޯޗު، ޕްރޮބިއާޒް އަންގާފައިވާ ކަމަށް ވެސް ޕޮލެންޑްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެއެވެ.

މި ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ލެވަންޑޯސްކީ ނެރުނު ބަޔާނުގައިވަނީ، މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، މިހާރުގެ ޤައުމީ ޓީމުގެ ކޯޗުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާތީ އެ މަގާމުގައި އޭނާ ހުރިހާ ދުވަހަކު ދެން ޕޮލެންޑް ޓީމަށް ނުކުޅެން ނިންމައިފި ކަމަށެވެ.

މުސްތަގުބަލުގައި، އަނެއްކާވެސް ޕޮލެންޑް ޓީމަށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ލެވަންޑޯސްކީ ބުނެފައިވެއެވެ.

މިހާތަނަށް ޕޮލެންޑް ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ލެވަންޑޯސްކީ މި ފަހަރު ނެގި ސްކޮޑުގައި ނުހިމެނެއެވެ. އެއީ، ދިގު ސީޒަނަކަށްފަހު އަރާމުކުރަން ވަގުތު ބޭނުންވާކަމަށް ބުނެފައެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ޕޮލެންޑްގެ ކެޕްޓަންކަން ކުރަމުންއައި، ލެވަންޑޯސްކީ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 158 މެޗުގައި 85 ލަނޑުޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު