ENGLISH
02 ޖުލައި 2025
އަރައިރުން ހޫނުވެ، މަސްކަށް ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
08 ޖޫން 2025
|
އެމެރިކާގެ ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް އުފައްދާފައިވާ އިދާރާ ހިންގުމުގެ ޒިންމާ ރައީސް ޑޮނަލްޑް ޓްރަމްޕް ހަވާލުކުރެއްވި، އީލޮން މަސްކް އާ ދެމެދު ކުރެވެމުންދާ އަރައިރުން އިތުރަށް ހޫނުވެ، އޭނާއަށް ވަރުގަދަ އިންޒާރެއް ޓްރަމްޕް ދެއްވައިފިއެވެ.
ސަރުކާރުގެ ޚަރަދާ ގުޅޭ ގާނޫނެއް ފާސްކުރި މައްސަލާގައި ޓްރަމްޕްއާއި މަސްކްގެ ޚިޔާލުތަފާތުވުން ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
މަސްކް ޤަބޫލުކުރައްވާ ގޮތުގައި، އެ ޤާނޫނު އެކުލަވާލާފައިވަނީ، ސަރުކާރު ހިންގުމުގެ ތެރެއިން ޚަރަދުތައް ކުޑަކޮށް، އިސްރާފުތައް މަދުކުރުމަށް އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް) އިސްރާފުތައް ހުއްޓުވަން ކުރި މަސައްކަތްތަކުގެ ވެސް ބޭނުން ކެނޑޭ ގޮތަށެވެ.
އެ ބިލު މިހާރު އެމެރިކާގެ ކޮންގްރެސްގައި އޮތް އިރު، އެ ބިލަށް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ތާޢީދުކުރާ މެމްބަރުންނާ ދެކޮޅަށް، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ފަންޑުކުރުމަށް މަސްކަށް ދަނީ ގޮވައިލަމުންނެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު، މަސްކް ހިމެނިވަޑައިގަންނަވަނީ ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް އެންމެ ގިނައިން ފަންޑުކުރި ބޭފުޅުންގެ ތެރެއިންނެވެ.
އިދިކޮޅު ޑިމޮކްރެޓްސްއަށް ފަނޑުކުރުމަށް މަސްކަށް ގޮވައިލަމުންދާ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، ޓްރަމްޕް ވަނީ އެފަދަ ކަމެއްކޮށްފިނަމަ، މަސްކަށް އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމުގެ އިންޒާރު ދެއްވައިފައެވެ.
ޓްރަމްޕް ވަނީ މަސްކާ އެކު ގުޅުން ދެން އިއާދަކުރަން ބޭނުންނުވާކަމަށް ވެސް ވިދާޅުވެފައެވެ. އަދި މަސްކާ ދެން އިތުރަށް ވާހަކަފުޅު ދައްކަވަން ވެސް ބޭނުންފުޅުނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.