ENGLISH
02 ޖުލައި 2025
ދެކުނު ކޮރެޔާގެ އަވަސް އިންތިޚާބު ކާމިޔާބު ކުރައްވައި، އިދިކޮޅު ލީޑަރު ލީ ރައީސްކަމަށް
04 ޖޫން 2025
|
އެތައް މަސް ދުވަހެއްގެ ސިޔާސީ ހަމަނުޖެހުމަށްފަހު، ދެކުނު ކޮރެޔާގެ ރައީސްކަމުގެ މަޤާމަށް ލީ ޖޭ މިޔުންގ އިންތިޚާބުވެވަޑައިގެންފިއެވެ.
ދެކުނު ކޮރެޔާގައި އަވަސް އިންތިޚާބެއް ބާއްވަންޖެހުނީ، މިދިޔަ ޑިސެމްބަރު އެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާނު ކުރެއްވި މައްސަލާގައި، ރައީސް ޔޫން ސުކް ޔެއޯލް މަޤާމުން އަޒުލުކުރުމާ ގުޅިގެންނެވެ.
މި އިންތިޚާބު ލީ ކާމިޔާބު ކުރެއްވީ، ޔޫންގެ ޕާޓީން ވާދަކުރެއްވި ކިމް މޫން ސޫގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބުގެ ނަތީޖާތަކުން ދައްކާ ގޮތުން، ލީ އަށް ވޯޓުގެ 49.4 އިންސައްތަ ލިބިވަޑައިގެންނެވިއިރު، ކިމްއަށް ލިބިވަޑައިގެންފައިވަނީ 41.2 އިންސައްތަ އެވެ.
ރަސްމީ ނަތީޖާ އިޢުލާނުކުރުމުގެ ކުރިން، ކިމް ވަނީ ނާކާމިޔާބީ ޤަބޫލުކުރައްވައި، އާ ރައީސް ލީ އަށް މަރުހަބާ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ރަސްމީ ނަތީޖާ އިޢުލާނުކުރުމާއެކު، ލީ ވަނީ ވަގުތުން ރައީސްކަމުގެ ޒިންމާތަކާ ޙަވާލުވެވަޑައިގެން، މަސައްކަތް ފައްޓަވައިފައެވެ.
މަޤާމުން ދުރުކުރުމުގެ އިތުރުން، ކުއްލި ޙާލަތު އިޢުލާނުކުރެއްވި މައްސަލާގައި، ޔޫންގެ މައްޗަށް ފިތުނަ އާއި ހަމަނުޖެހުން އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު ކަމުގެ ދައުވާ ވަނީ އުފުލައިފައެވެ.
ދެކުނު ކޮރެޔާގައި ފިތުނަ އުފެއްދުމަކީ މަރުގެ އަދަބު ކަނޑައެޅޭނެ ޖިނާޢީ ކުށެކެވެ.