ENGLISH

02 ޖުލައި 2025

Advertisement

އިންޑޮނީޝިޔާގެ ސުމާޓްރާ ކައިރިއަށް އައި ބިންހެލުމެއްގައި 100 އަށް ވުރެ ގިނަ ގެއަށް ގެއްލުން

23 މޭ 2025

|

ހަސަން އާމިރު

އިންޑޮނީޝިޔާގެ ސުމާޓްރާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމެއްގައި 100 އަށް ވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ އިދާރާއިން ބުނީ، ރޭ ދަންވަރު އިންޑޮނީޝިޔާގެ ބެންގްކޫލޫ ސަރަޙައްދަށް އައިސްފައިވަނީ 5.7 މެގްނިޓިޔުޑް ބާރުމިނުގެ ބިންހެލުމެއް ކަމަށެވެ.

އިންޑޮނީޝިޔާގެ ޖިއޮލޮޖިކަލް ސަރވޭ އިދާރާއިން ބުނީ އެ ބިންހެލުމުގައި ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.

ނަމަވެސް، ބެންގްކޫލޫ ސަރަޙައްދުގައި 100 އަށް ވުރެ ގިނަ ގެއަށާއި އާންމު ޚިދުމަތްދޭ ހަ އިމާރާތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

މިގޮތުން ޖުމްލަ 140 ގެއަކަށް ގެއްލުންތައް ލިބިފައިވާއިރު، އޭގެތެރެއިން ބައެއް ގެތައް ބިމާހަމަވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު