ENGLISH
06 މޭ 2026
ގެއްލިގެން އުޅުނު އަލްޔާ މިހާރު ފެނިއްޖެ: ޕޮލިސް
06 މޭ 2026
|
ގެއްލިގެން އުޅުނު 15 އަހަރުގެ އަލްޔާ
އެންމެ މަޤްބޫލު
މިއަދު ގެއްލިގެން ހޯދަމުންދިޔަ ޢާއިޝަތު އަލްޔާ ޢަލީ މިހާރު ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ އޭނާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުންދިޔައީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) އެވެ.
ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން އެ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކުރީ ހަވީރު ގެއިން ދިޔަ ފަހުން އެއްވެސް ހަބަރެއް ނުވެގެންނެވެ.
އެހެންނަމަވެސް މިހާރު އެ ކުއްޖާ ވަނީ ފެނިފައެވެ. އަދި ފުލުހުން ބުނި ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.