ENGLISH

06 މޭ 2026

Advertisement

މޫސުން ގޯސްދުވަހެއް: މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

06 މޭ 2026

|

އާމިނަތު ނުޒްލާ

މުޅި ރާއްޖެއަށް މޫސުން ގޯސްދުވަހެއް، ސަމާލުވުމަށް އެދިއްޖެ-- ފޮޓޯ: ޖަވިޔަނި

މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މެޓް އިން ބުނީ މިއަދު ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ. އަދި އެހެންހިސާބުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

އިތުރަށް މޫސުމާ ބެހޭ އިދާރާއިން ބުނީ، ވިލާގަނަޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ކަނޑުގަދަވުންވެސް އެކަށީގެންވާ ކަމަށް މެޓް އިން ބުނެފައިވެ އެވެ.

ރާޅުގެ އުސްމިން ދެކުނުގައި ހަތަރު ފޫޓް އާ ހަ ފޫޓް އާ ދެމެދުގައި ހުންނައިރު، އުތުރާއި މެދުރާއްޖޭތެރޭގައި ތިން ފޫޓް އާ ފަސް ފޫޓްގެ ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ ކުރިން މޫސުމާ ބެހޭ އިދާރާއިން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހެނދުނު 8:00 އިން ހެނދުނު 14:00 އަށް ހުދު ސަމާލު ނެރެފަ އެވެ.

ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރު، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް، މޫސުމާ ގުޅުންހުރި އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު