ENGLISH

02 ޖުލައި 2025

Advertisement

ޙަމަލާތައް ހުއްޓުވޭތޯ، ޓްރަމްޕް، ޕޫޓިންއާ ގުޅުއްވައި މަޝްވަރާ ކުރައްވަނީ

19 މޭ 2025

|

ހަސަން އާމިރު

ރައީސް ޓްރަމްޕާއި ޕުޓިން

ޔޫކްރޭނާއި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ޙަމަލާތައް ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދިޔުމާމެދު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދުގެ ވަގުތެއްގައި ރަޝިޔާގެ ރައީސް ވްލެޑިމިޔަރ ޕޫޓިން އާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާނެ ކަމަށް އެމެރިކާގެ ސަރުކާރުން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހު، އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެން، ޓްރަމްޕް ގެންދަވަނީ ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ މި ހަނގުރާމަ ހުއްޓުވޭތޯ އެކި ގޮތްގޮތުން މަސައްކަތް ކުރައްވަމުންނެވެ.

ތިން އަހަރު ދުވަހުގެ ދިގު މެދުކެނޑުމަކަށް ފަހު، ޔޫކްރޭނާއި ރަޝިޔާއިން ހަނގުރާމަ ހުއްޓައިލުމަށް މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ސީދާ މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބި ވަނީ ނިންމާލައިފައެވެ.

ތުރުކީވިލާތުގެ ވެރިރަށް އިސްތަންބުލްގައި ބޭއްވި މަޝްވަރާތައް ނިންމާލާފައިވަނީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްވެސް ކަމަކަށް އެއްބަސްވެފައެއް ނުވެއެވެ.

އަދި މަޝްވަރާތަކަށްފަހު، ރަޝިޔާއިން ވަނީ ޔޫކްރޭނުގެ އެކި ސަރަޙައްދުތަކަށް ޑްރޯން ބޭނުންކޮށްގެން ދެމުންދާ ޙަމަލާތައް އެތައް ގުނައެއް ވަރުގަދަކޮށްފައެވެ.

ޔޫކްރޭނުގައި މިހާރު ކުރިއަށްދާ "ލޭއޮހޮރުވުން" ހުއްޓުވަން ޕޫޓިން އާ އެކު މިއަދުގެ ވަގުތެއްގައި މަޝްވަރާކުރައްވަން ޓްރަމްޕް ފޯނުން ގުޅުއްވާނެކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ޕޫޓިންގެ އިތުރުން ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ އާ ވެސް ގުޅުއްވައި މަޝްވަރާ ކުރައްވާނެކަމަށް ޓްރަމްޕް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު