ENGLISH

02 ޖުލައި 2025

Advertisement

އެމެރިކާގެ ކުރީގެ ރައީސް ބައިޑެންއަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހިފައި

19 މޭ 2025

|

ހަސަން އާމިރު

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންއަށް ޕްރޮސްޓްރޭޓް ކެންސަރުގެ ނުރައްކާތެރި ބާވަތެއް ޖެހި، އެ ބަލި ކަށިތަކަށް ވެސް ފެތުރިފައިވާ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފިއެވެ.

އުމުރުފުޅުން 82 އަހަރުގެ ބައިޑެންއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ، ކުޑަކަމުދާ ނިޒާމަށް ކުރިމަތިވި މައްސަލައަކާ ގުޅިގެން ޑޮކްޓަރަށް ދެއްކުމުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ބައިޑެންގެ ދަރިކަލުން ބިޔު ބައިޑެން ވަނީ ކެންސަރު ބަލީގައި 2015 ވަނަ އަވަހާރަވެފައެވެ.

ކެންސަރަށް ފަރުވާ ހޯދުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި، ބައިޑެންއަށް ޖެހިފައިވަނީ ހޯމޯން-ސެންސިޓިވް ކެންސަރުގެ ބާވަތަކަށް ވާތީ ބަލި މެނޭޖްކުރެވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ބައިޑެންގެ ސިއްޙީ ހާލުކޮޅާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބައިޑެންގެ މައްޗަށް ކުރި ހޯއްދަވައި، ރައީސްކަމަށް ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވަނީ ބައިޑެންގެ މި އާލާސްކަންފުޅާމެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، ބައިޑެންގެ އާއިލާއަށް ހިތްވަރު ދެއްވައިފައެވެ.

ޕްރޮސްޓޭޓް ކެންސަރަކީ، އެމެރިކާގެ ފިރިހެނުންގެ މެދުގައި އެންމެ އާންމު ކެންސަރުގެ ބާވަތް ކަމަށް އެމެރިކަން ކެންސަރ ސޮސައިޓީން ބުނެއެވެ. މިގޮތުން، އެމެރިކާގައި ކޮންމެ އަށް ފިރިހެނުންގެ ތެރެއިން އެކަކަށް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މި ބަލި ޖެހޭ ކަމަށް ތަފާސްހިސާބުތަކާ ޙަވާލާދީ އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު