ENGLISH
02 ޖުލައި 2025
ފަލަސްޠީނުގެ ޝަހީދުންގެ ޢާއިލާތަކަށް ސައުދީ ރަސްގެފާނުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ދެނީ
19 މޭ 2025
|
ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އައް ސަޢުދު-- ފޮޓޯ: ސަޢުދީ ރޯޔަލް ފެމިލީ ވެބްސައިޓު
އަނިޔާވެރި ޒަޔަނިސްޓުންގެ ލާއިންސާނީ ޙަމަލާތަކުގައި ޝަހީދުވެފައިވާ، ނުވަތަ ރަހީނުކޮށްފައިވާ، ނުވަތަ ޒަޚަމްވެފައިވާ މީހުންގެ ޢާއިލާތަކުގެ ތެރެއިން 1000 އަންހެނުން އަދި ފިރިހެނުންނަށް ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އައް ސަޢުދުގެ އަމިއްލަފުޅު ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަދު ދެއްވުމަށް ނިންމަވާފައިވާ ކަމަށް ސަޢުދީގެ އިތުބާރުހުރި މަސްދަރެއް ކަމުގައިވާ "އިންސައިޑްް ދަ ޙަރަމައިން" އިން ރިޕޯޓު ކޮށްފިއެވެ.
ސަޢުދީން މިފަދަ ފުރުސަތެއް ތަނަވަސްކޮށްދީފައިވާއިރު، މިކަން ވެގެންދާނީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި އެތަކެއް އުދާސްތަކެއް ތަޙައްމަލު ކުރަމުންދާ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިން ކަމަށްވާ ފަލަސްޠީނުގެ މުސްލިމުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލަކަށެވެ.
އެކިފަހަރުމަތިން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުންތަކަށް އާދެވިފައިވި ނަމަވެސް، ޒަޔަނިސްޓުން ދަނީ ކޮންމެ ފަހަރަކުވެސް އެއްބަސްވުމާ ޚިލާފުވެ، ފަލަސްޠީނުންގެ ކުޑަކުދިންނާ އަންހެނުން ހިމެނޭހެން ޢާންމުންގެ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒުވަނީ، މައުނަވީ އަވަސް ފިޔަވަޅުތަކެއް އަޅާ، ޒަޔަނިސްޓުންގެ ޖަރީމާތައް ހުއްޓުވުމަށް އިއްޔެގެ ވަގުތެއްގައި ގޮވާލައްވާފައެވެ.