ENGLISH

09 މޭ 2025

Advertisement

"ޓޫ އޮފް އަސް" ބޭންޑުގެ ބައިނަލްއަޤުވާމީ ކާމިޔާބީ ފާހަގަކުރުމަށް އޮލިމްޕަހުގައި ޝޯއެއް

09 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ފޮޓޯ: ޓޫ އޮފް އަސް ބޭންޑް

އިންޑިޔާގައި ބޭއްވި "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލް" މުބާރާތުން ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑަށް ލިބުނު ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް މި މަހުގެ 23 ވަނަ ދުވަހު ރޭގަނޑު 8:00 ގައި އޮލިމްޕަހުގައި ޚާއްޞަ ޝޯއެއް ބޭއްވުމަށް ނިންމާފައިވާކަމަށް އެ ބޭންޑުން ހާމަކޮށްފިއެވެ.

މި ޝޯގައި އިންޑިޔާގެ މަޝްހޫރު ބޭންޑެއްގެ ހުށަހެޅުމަކާއި، ބޮލީވުޑްގެ ފަންނާނު ޝްރަދާ ޕަންދިތުގެ ހުށަހެޅުމެއްވެސް ހިމެނޭނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުންވެސް ރާއްޖެ އާއި އިންޑިޔާގެ މަޝްހޫރު ފަންނާނުންގެ ހުށައެޅުންތައް ފެނިގެންދާނޭކަމަށް އެ ބޭންޑުން ބުނެއެވެ.

ޝޯއަށް ވަނުމަށް ޓިކެޓު ނެގޭނެ ގޮތް ފަހުން އިޢުލާންކުރާނެ ކަމަށްވެސް "ޓޫ އޮފް އަސް" އިން ބުނެފައިވެއެވެ.

"ބެޓްލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލް" މުބާރާތުގައި 12 ޤައުމެއްގެ ބޭންޑުތަކާ ވާދަކޮށް، "ޓޫ އޮފް އަސް" އިން ވަނީ 3 ވަނަ ހޯދާފައެވެ.

މި މުބާރާތުގައި އެ ބޭންޑުގެ ހުށަހެޅުންތަކަށް ބެލުންތެރިންނާއި ފަނޑިޔާރުންގެ ތާރީފު ލިބި، އިންޑިޔާގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަނޫ މާލިކް ވަނީ "ޓޫ އޮފް އަސް" އަކީ މިފަހުން އޭނާއަށް ފެނުނު އެންމެ ހުނަރުވެރި ބޭންޑު ކަމަށް ބުނެފައެވެ.

"ޓޫ އޮފް އަސް" އިން ހޯދި މި ކާމިޔާބީއަކީ މިހާތަނަށް ދިވެހި ބޭންޑަކުން ބައިނަލްއަޤުވާމީ މުބާރާތެއްގައި ބައިވެރިވެ ހޯދި މިފަދަ އެންމެ ބޮޑު ކާމިޔާބީއެވެ

ކިޔުންތެރިންގެ ހިޔާލު