ENGLISH
09 މޭ 2025
އަހާ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި
09 މޭ 2025
|
މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ފަސް ވަޒީރުން
"އަހާ" ފޯރަމް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކަކީ އާއްމުންނަށް ބޭނުން ސުވާލެއް ވަޒީރުންނާ ކުރެވޭ ގޮތަށް ކުރިއަށްގެންދާ ފޯރަމްތަކެކެވެ. ކުރީން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރެއަށް ތާވަލުކުރި ފޯރަމް ފަސްކުރީ އެވެ.
ރައީސް އޮފީހުން ބުނީ ފަސްކުރި ފޯރަމް އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށެވެ. އެ ފޯރަމްގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ:
* މިނިސްޓަރ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލަޖީ: އަލީ އިހްސާން،
* އެޓާނީ ޖެނެރަލް: އަލްއުސްތާޒް އަހްމަދު އުޝާމް،
* މިނިސްޓަރ އޮފް އެޑިއުކޭޝަން: ޑރ. އިސްމާއިލް ޝަފީއު،
* މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް ކަލްޗާރ އެންޑް ހެރިޓޭޖް: އާދަމް ނަސީރު އިބްރާހިމް
* މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ: ޑރ. މަރިޔަމް މާރިޔާ
މި ފޯރަަމުތަކުގައި އާއްމުން ބޭނުން ސުވާލެއް ކުރުމަށް ފޯނުން ގުޅައިގެންނާއި، އެސްއެމްސްގެ ޒަރީއާއިން އަދި މީސްމީޑިޔާ މަންސަަތައް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި ފޯރަމަށް ހާޒިރުވެ ސުވާލުކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށް ފަހު، ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.
މި ފޯރަމަކީ ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވަނިވި ސަރުކާރެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ބާއްވަމުން އަންނަ ފޯރަމްތަކެކެވެ.