ENGLISH

23 ޖުލައި 2026

Advertisement

އެމްބީއޭ ޗެމްޕިއަންޝިޕް: ކަޕް ޗެމްޕިއަންކަން ކިންގްސްއަށް، ޝީލްޑް ކާމިޔާބުކުރީ ނެޓްސްއިން

23 ޖުލައި 2026

|

ސުވެއިދާ ހުސެއިން

އެމްބީއޭ ޗެމްޕިއަންޝިޕުގެ ކަޕް ޗެމްޕިއަންކަން ހޯދި ކިންގްސް -- ފޮޓޯ: އެމްބީއޭ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި 30 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް 2026 ގެ ފިރިހެން  ޑިވިޝަނުން ޝީލްޑް ޗެމްޕިއަންކަން ނެޓްސް ބާސްކެޓްބޯލް ކުލަބުން ހޯދިއިރު، މުބާރާތުގެ ޗެންޕިއަންކަން ކިންގްސް ބާސްކެޓްބޯލް ކުލަބު ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިޔަށް ދިޔަ މި މުބާރާތުގައި އިއްޔެ ހަވީރު ޝީލްޑް ފައިނަލްގައި ވާދަކުރީ ނެޓްސް ބާސްކެޓް ބޯލްކުލަބާއި އެލްކިއު ސްޕޯޓްސް ކުލަބެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 49-85 ޕޮއިންޓުން ކުރި ހޯދީ ނެޓްސް އެވެ.

މި މެޗުގައި ދެޓީމަށްވެސް ސްކޯކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު، އެސްކިއުއަށް ލިބުނު ގިނަ ފުރުސަތުތަކުން ސްކޯ ނުކުރެވި ބޭކާރުވެގެންދިޔައެވެ. ނަމަވެސް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވާދާވެރި ކުޅުމެކެވެ.

އެލްކިއު ޝީލްޑް ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ލެންސާސް ބާސްކެޓްބޯލް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ނެޓްސް ފައިނަލަށް އައި ސެމީ ގައި ސްޕާޓަންސް ގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

މި މުބާރާތުގެ ކަޕް ޗެންޕިއަންކަން ކިންގްސް ބާސްކެޓް ބޯލް ކުލަބުން ހޯދީ ރޭ ކުޅުނު ފައިނަލްގައި،ޓީރެކްސް ބާސްކެޓްބޯލް ކުލަބު ކައިރިން ހަނިގޮތަކަށެވެ. އެއީ  57-60 ޕޮއިންޓުންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންގޮސްފައި ވެއެވެ.

މުބާރާުގެ ކަޕްގެ ފައިނަލަށް ކިންގްސް ދަތުރުކުރީ ސެމީގައި ރެޑް ވިންގްސް ގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ޓީރެކްސް ފައިނަލުން ޖާގަ ކަށަވަރު ކުރީ ސެމީ ފައިނަލުން ސްޓްރީންގާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 23 ޓީމު ވާދަކުރާއިރު، މެޗުތައް ކުރިއަށްދިޔައީ ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު