ENGLISH

19 ޖުލައި 2026

Advertisement

ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓީއެފްޓީއަށް

18 ޖުލައި 2026

|

އިސްމާއިލް ޝާހު

ތިންވަނަ ޑިވިޝަނުގެ ތައްޓާއެކު ޓީއެފްޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޓީއެފްޓީން ހޯދީ ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އެޓޯލް ސްޕޯޓްސް ކުލަބު އަތުން 0-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މޮޅާއެކު ޓީއެފްޓީ ވަނީ މާލެ ރީޖަން ލީގު (ދެވަނަ ޑިވިޝަން) އަށް ޕްރޮމޯޓުވެފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ޓީއެފްޓީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އިސްމާއިލާ އަބުމޭރޭއެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި އަޙްމަދު ސުހެއިލް ވަނީ ޓީއެފްޓީގެ ލީޑު ފުޅާކޮށްދީފައެވެ.

މި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީއެފްޓީގެ ސުހެއިލެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް އޭނާއެވެ. މި މުބާރާތުގެ ފެއާޕްލޭ ޓީމަކީ ހިންނަވަރު ރެކްރިއޭޝަން ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު