ENGLISH

19 ޖުލައި 2026

Advertisement

20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ދިވެހި ދިދަ އުފުލާނީ އަހްނާ

18 ޖުލައި 2026

|

އިސްމާއިލް ޝާހު

ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ތެރެއިން އަހްނާ ނިޒާރު --- ފޮޓޯ: އެމްއޯސީ

މި އަހަރު ބާއްވާ 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖެ ތަމްސީލުކުރާނީ އަހްނާ ނިޒާރު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ނިންމައިފިއެވެ.

މި މުބާރާތް ކުރިއަށްދާނީ އަންނަ އޮގަސްޓް މަހުގެ 5 އިން 9 އަށް އެމެރިކާގެ އޮރެގަންގައެވެ. ދުނިޔޭގެ ފެންވަރުގެ މި ޝަރަފުވެރި މުބާރާތުގައި ދިވެހި ދިދަ އުފުލާލުމުގެ ޝަރަފު އަހްނާއަށް ލިބުނުއިރު، އޭނާ ވަނީ މި އަހަރުގެ އޭޕްރީލް މަހު ޗައިނާގެ ސަންޔާގައި ކުރިއަށްދިޔަ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައިވެސް ދިވެހި ދިދަ އުފުލާލާފައެވެ.

މީގެ އިތުރުން މިދިޔަ ޖޫން މަހު ޗައިނާގެ ހޮންގް ކޮންގުގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕްސް އާއި، ފެބުރުވަރީ މަހު ޗައިނާގެ ޓިއާންޖިންގައި ކުރިއަށްދިޔަ 12 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގައި އަހްނާ ވަނީ ވާދަކޮށްފައެވެ.

އަދި މި މަހުގެ 23 އިން އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ސްކޮޓްލެންޑުގެ ގްލާސްގޯގައި އޮންނަ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ޤައުމީ އެތުލެޓިކްސް ޓީމުގައިވެސް އަހްނާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު