ENGLISH

19 ޖުލައި 2026

Advertisement

15 އަހަރުން ދަށުގެ ޤައުމީ ބާސްކެޓް ޓީމަށް ކުޅުންތެރިން ނަގަނީ، ރަޖިސްޓަރީވުމަށް ހުޅުވާލައިފި

18 ޖުލައި 2026

|

ސުވެއިދާ ހުސެއިން

އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ: އެމްބީއޭ

15 އަހަރުން ދަށުގެ ޤައުމީ ބާސްކެޓްބޯޅަ ޓީމަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރައިއައުޓްސްގައި ރަޖިސްޓަރީވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ހުޅުވާލައިފިއެވެ.

އެމްބީއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުނަރުވެރި އައު ޖީލެއް ބާސްކެޓްބޯޅައިން ނެރުމަށްޓަކައި 15 އަހަރުން ދަށުގެ ޤައުމީ ބާސްކެޓްބޯޅަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އަންހެން އަދި ފިރިހެން ޤައުމީ ބާސްކެޓް ޓީމެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓީމަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރައިއައުޓްސްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޤައުމީ ސްކޮޑަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރައިއައުޓްސް އޮންނާނީ އަންނަ އޮގަސްޓް މަހުގެ 2 އިން 6 އަށެވެ.

އެ އެސޯސިއޭޝަނުން އިތުރަށް ބުނެފައިވަނީ 15 އަހަރުން ދަށުގެ މި ސްކޮޑު ވެގެންދާނީ ކުރިމަގުގައި ރާއްޖެ  ތަމްސީލުކުރާނެ ސްކޮޑަކަށެވެ. އެހެންކަމުން ބާސްކެޓް ކުޅުމުގެ ހުނަރާއި ޝައުގުވެރިކަން ހުރި ކޮންމެ ކުއްޖަކަށްވެސް  މި ފުރުސަތުގެ ބޭނުން ހިފޭނެ ކަމަށްވެސް އެމްބީއޭއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު