ENGLISH
18 ޖުލައި 2026
އެއިޓީން ތާޓީ: ބިސް ބުރު ބަލިވުމުން، ވެމްކޯ އާއި ސިފައިން ފައިނަލަށް
18 ޖުލައި 2026
|
އެއިޓީން ތާޓީގައި ވެމްކޯ އާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީ 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުން ބިސް ބުރު ސްޕޯޓްސް ކުލަބު ބަލިވުމުން، ކުލަބު ވެމްކޯ އާއި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ފައިނަލަށް ދަތުރުކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ އެއިޓީން ތާޓީގައި ތިން ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ވެމްކޯ، ސިފައިންގެ ކުލަބު އަދި ބިސް ބުރެވެ. އެއާއެކު މުބާރާތުގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ދެ ލެގު ކުޅުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ވެމްކޯ މޮޅުވީ ބިސް ބުރު އަތުން 9-8 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު އެއްވަނައިގައި އޮތް ވެމްކޯއަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ސިފައިންގެ ކުލަބަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ފުލުގައި އޮތް ބިސް ބުރަށް ޕޮއިންޓެއް ލިބިފައި ނުވާއިރު، އެ ޓީމު ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. އެއާއެކު ތާވަލުގެ ކުރީގައި އޮތް ދެ ޓީމަށް ވަނީ ފައިނަލުގެ ޖާގަތައް ކަށަވަރުވެފައެވެ.
މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ހަވީރެވެ.