ENGLISH
14 ޖުލައި 2026
އުރުގުއޭގެ ވަގުތީ ކޯޗަކަށް އެ ޤައުމުގެ ލެޖެންޑް ފޯލާން
14 ޖުލައި 2026
|
އުރުގުއޭގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ ފޯލާން --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުން ކެޓުމާއެކު އުރުގުއޭގެ ކޯޗުގެ މަގާމުން މާސެލޯ ބިއެލްސާ އިސްތިއުފާދިނުމާ ގުޅިގެން، ވަގުތީ ކޯޗަކަށް އެ ޤައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ ފޯލާން އައްޔަންކޮށްފިއެވެ.
އުރުގުއޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިދިޔަ އާދީއްތަ ދުވަހު އެކަން އިއިުލާންކުރިއިރު، އުމުރުން 47 އަހަރުގެ ފޯލާންއަށް ވަނީ އޭނާގެ ކޯޗިން ކެރިއަރުގެ އެންމެ ބޮޑު ގޮންޖެހުމާ ކުރިމަތިލާން ޖެހިފައެވެ. އެއީ ބޮޑު އުއްމީދަކާއެކު ވޯލްޑް ކަޕަށް ގޮސް، ފަހުގެ ތާރީޚެއްގައި އެންމެ ދަށް ނަތީޖާއެއް ހޯދި ޤައުމީ ޓީމު އަލުން އާރާސްތުކުރުމުގެ ބުރަ މަސްއޫލިއްޔަތެވެ.
ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިން، ކާބޯ ވާޑޭ އަދި ސައުދީ އަރަބިއްޔާއާ ވާދަކޮށް، އުރުގުއޭއަށް ލިބުނީ އެންމެ ދެ ޕޮއިންޓެވެ. މިއާއެކު ގްރޫޕްގެ ތިންވަނައިގައި އޮވެ މުބާރާތުން އަލްވަދާއު ކިޔަން ޖެހުމުން، އާޖެންޓީނާގެ ކޯޗު ބިއެލްސާ ވަނީ މުބާރާތް ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަގާމުން ވަކިވެފައެވެ.
އުރުގުއޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި، ފޯލާންގެ ފުރަތަމަ އެއްބަސްވުން ދެމިގެންދާނީ 2027 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. އެއަށްފަހު، އޭނާގެ ކޯޗުކަމުގެ ދަށުން ޓީމު ދައްކާ ކުޅުމަށް ބަލައި، އެއްބަސްވުން އައުކުރުމާ މެދު ނުވަތަ 2030 ގެ ވޯލްޑް ކަޕަށް އައު ކޯޗެއް އައްޔަންކުރުމާ މެދު ފެޑެރޭޝަނުން ގޮތެއް ނިންމާނެއެވެ.
ސީނިއަރ ޓީމުގެ އިތުރުން، ފޯލާން ދާނީ އުރުގުއޭގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗުކަންވެސް ކުރަމުންނެވެ. އެ ޓީމަކީ 2027 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ ސައުތު އެމެރިކަން ޗެމްޕިއަންޝިޕުގައި ވާދަކުރާނެ ޓީމެވެ.