ENGLISH
14 ޖުލައި 2026
ޔޫތު ޗެމްޕިއަންޝިޕް: އޮޑި ސްޕޯޓްސް ބަލިކޮށް، މާޒިޔާ ފައިނަލަށް
14 ޖުލައި 2026
|
ޔޫތު ޗެމްޕިއަންޝިޕުގައި މާޒިޔާ އާއި އޮޑި ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މާޒިޔާ
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ އޮޑި ސްޕޯޓްސް އާއި، މާޒިޔާގެ އިތުރުން ބުރު ސްޕޯޓްސް ކުލަބާއި، ނިއު ރެޑިއަންޓް ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ކެޔޮދޫއެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދިޔައިރު، ފައިނަލަށް ދަތުރުކޮށްފައިވަނީ ލީގު ބުރުގެ އެންމެ ކުރީގައި އޮތް ދެ ޓީމެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ އޮޑި ސްޕޯޓްސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މާޒިޔާއިން ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އިލާން އިމްރާނެވެ.
މި މޮޅާއެކު ފައިނަލުގެ ޖާގައެއް މާޒިޔާއިން ހޯދީ ލީގު ބުރުގެ އެއްވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. އެ ޓީމަށް ވަނީ 13 ޕޮއިންޓް ލިބިފައެވެ. ދެވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ނިއު ރޭޑިއަންޓުންނެވެ. އެ ޓީމަށް ވަނީ 11 ޕޮއިންޓް ލިބިފައެވެ. ތިންވަނައަށް ދިޔަ އޮޑި ސްޕޯޓްސްއަށް 10 ޕޮއިންޓް ލިބުނުއިރު، ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް އާއި، ފަސްވަނައިގައި އޮތް ޓީސީ، އަދި ފުލުގައި އޮތް ކެޔޮދުއަށް ލިބުނީ 3 ޕޮއިންޓެވެ.
މި މުބާރާތުގެ ފައިނަލުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާއިރު، އެ މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހެވެ.