ENGLISH

14 ޖުލައި 2026

Advertisement

ވިލިމާލެ ބަށި ކޯޓު ރަސްމީކޮށް ހުޅުވައިފި

14 ޖުލައި 2026

|

އިސްމާއިލް ޝާހު

ވިލިމާލެ ބަށި ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ވިލިމާލޭގައި ގާއިމުކުރި ބަށި ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކޯޓު ހުޅުއްވައިދެއްވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އިސްމާޢީލް އާއި ވިލިމާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ކޯޓު ހުޅުއްވައިދެއްވުމަށްފަހު "އެމްއެމް ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ ރެކްރިއޭޝަނަލް ހަރަކާތްތަކަކީ މި ސަރުކާރުން އަދި ވުޒާރާއިން ޚާއްސަކޮށް ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި ބައްޓަކީ ކުރީއްސުރެ އާދަކާދައިގެ ތެރެެއިން ރާއްޖޭގައި ކުޅެމުންދާ ވަރަށް ފޯރިގަދަ ކުޅިވަރެއް ކަމަށް ވިއިރު، ކޮމިއުނިޓީ އެދުމާ އެއްކޮށް ވުޒާރާ އާއި، ވެމްކޯ އަދި އަމިއްލަ ފަރާތްތައް ގުޅިގެން މި މަަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވިލިމާލެ ބަށި ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

"މިއީ ވިލިނގިލީގައި ވަރަށް ފޯރިއާއެކު ކުޅެމުން އައި ކުޅިވަރެއް. އެކަމަކު 2015 ވަނަ އަހަރުގެ ފަހުން މި ކުޅިވަރު އޮތީ ހުއްޓިފައި. އެއަށްފަހު އަލަށް ގާއިމުކުރި ކޯޓާއެކު މި ކުޅިވަރު ފެށިގެން މިދިޔައީ. އެހެންކަމުން މިއީ ކަނބަލުންނަށް  ލިބޭ ވަރަށް ބޮޑު އުފާވެރިކަމެއް. އަދި އަޅުގަނޑުމެންނަށް ފިޒިކަލް އަދި ރެކްރިއޭޝަނަލް ހަރަކާތްތައް ޕްރޮމޯޓުކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް. އަޅުގަނޑު އެދެނީ މި ހަރަކާތް އަޅުގަނޑުމެންގެ ތެރޭގައި އިތުރު ފޯރިއާއެކު ގެންދިޔުމަށް." ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ވިލިމާލެ ބަށި ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައު ވިލިމާލެ ބަށި ކޯޓު ހުޅުވުއިރު، އެ ކޯޓު ހުޅުވުމުގެ ގޮތުން ވަނީ ޚާއްސަ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުގައި ބައްދަލުކޮށްފައިވަނީ ވިލިމާލެ ވެމްކޯގެ ކަނބަލުންނާއި، ވިލިމާލެ ކޮމިއުނިޓީގެ ކަނބަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު