ENGLISH
14 ޖުލައި 2026
ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ނިންމަވައިފި
14 ޖުލައި 2026
|
މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ހަފްލާގެ ތެރެއިން.
އެންމެ މަޤްބޫލު
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުންކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ގައުމާ މުޚާތަބުކުރައްވާނެއެވެ.