ENGLISH

13 ޖުލައި 2026

Advertisement

މިދަނީ ދެ ސަރުކާރުގެ މަޝްރޫއުތައް ނިންމަމުން، 2028ގެ މެދުތެރެއަށް ހުރިހާ މަޝްރޫއެއް ނިމޭނެ: ވަޒީރު

13 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ވަޒީރު ޑރ.މުއްތަލިބު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

މި ސަރުކާރުން މަސައްްކަތްކުރަނީ ފާއިތުވި އެމްޑީޕީ ސަރުކާރުގައި ސޮއިކޮށް ނުފެށި ހުރި މަޝްރޫއުތަކާއި ފެށުމަށްފަހު ނުނިމިހުރި މަޝްރޫއުތަކާއި، މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތައް އެކުއެކީ ކުރިއަށްގެންގޮސް ނިންމައިލުމަށް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. 

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ފާއިތުވި އެމްޑީޕީ ސަރުކާރުން ސޮއިކޮށް ނުފެށި ނުވަތަ މަޑުޖެހި ނުނިމިހުރި 40 ބިލިން ރުފިޔާގެ މަޝްރޫއު ހުރި ކަމަށެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ އަމިއްލަފުޅު މެނިފެސްޓޯއެއްގެ އިތުރަށް ރަށްރަށަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކުގައި އެ ރަށްރަށު ރައްޔިތުންނަށް ވެވަޑައިގަތް ރިޔާސީ ވައުދުފުޅުތަކާއެކު ކަމަށެވެ. އެހެންނަމަވެސް ކުރީ ސަރުކާރުން ފަށާފައި ހުރި އަދި އެއްބަސްވުންތައް ގާއިމުކޮށްފައި ހުރި މަސައްކަތްތައް ހުއްޓަވައިލެއްވުމުގެ ބަދަލުގައި ރައީސް ނިންމެވީ، މި ސަރުކާރުގެ މަޝްރޫއުތަކާއެކު ކުރީ ސަރުކާރުގެ މަޝްރޫއުތައްވެސް ކުރިއަށްގެންދަވަންކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ބަޖެޓުން ޖާގަ ހޯއްދަވައިގެން ކުރީ ސަރުކާރުގެ މަޝްރޫއުތަކާއި، މި ސަރުކާރުން އަލަށް ފަށާ މަޝްރޫއުތައް އެކުއެކީ ކުރިއަށްގެންދިއުމަކީ ދަތި ގޮންޖެހުން ބޮޑު "ހައްސާސް" ކަމެކެވެ. އަދި އެގޮތަށް މަޝްރޫއުތައް ކުރިއަށްގެންދާއިރު ލަސްތަކާއި ދަތިތައް ކުރިތިމަވާކަމަށް ވިދާޅުވިއެވެ. 

 "އަޅުގަނޑުމެން ސަރުކާރުން އެދޭހާ ބާރު ސްޕީޑުގައި މަސައްކަތްނުދާ ކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރަން،" މިފަދަ ކަންކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް އެންމެ ބޭނުންފުޅު ހަލުއިމިނުގައި ކުރިއަށްނުގެންދެވޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވިއެވެ. 

ނަމަވެސް މިހާރު މަޝްރޫއުތައް ކުރިއަށްގެންދާނެ ގޮތުގެ ރަނގަޅު ހަރުދަނާ ތާވަަލެއް އެކުލަވައިލެވި، އެތާވަލާ އެއްގޮތަށް މަސައްކަތްތައް ތަރުތީބުކުރެވިގެން ކުރިއަށްގެންދެވޭކަން ހާމަކުރައްވަމުން ޑރ.މުއްތަލިބު ވިދާޅުވީ 2028 ވަނަ އަހަރުގެ މެދުތެރެއަށްދާއިރު މަޝްރޫއުތައް ނިމި އެ މަޝްރޫއުތަކުގެ މަންފާ ރައްޔިތުންނަށް ލިބެންފަށާނެ ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު