ENGLISH

13 ޖުލައި 2026

Advertisement

މަތީ ސާނަވީން އެއްވަނަ ހޯދާ، ރައީސްގެ ސްކޮލަރޝިޕް ހަތް ދަރިވަރުންނަށް

13 ޖުލައި 2026

|

އާމިނަތު ނުޒްލާ

މަތީ އަރުތަވެރިންގެ އިނާމު 2025 ގެ ފަސްވަނަ ދަންފަޅި ރައީސް ޝަރަފްވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް

މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް މިއަހަރު ހަތް ދަރިވަރަކު ކާމިޔާބުކޮށްފިއެވެ.

ފަސް މާއްދާއިން "އޭ ސްޓަރ" ހާސިލުކޮށްގެން މި ޝަރަފުވެރި ފުރުޞަތު ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނެނީ، ސީ.އެޗް.އެސް.އީ ހުޅުމާލޭގެ ހަތަރު ދަރިވަރުންނާއި، ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލް، އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އަދި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ކުރެ ކޮންމެ ސުކޫލަކުން ދަރިވަރެކެވެ.

މި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދަރިވަރުންނަށް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ދިވެހިބަހާއި އިސްލާމް ހިމެނޭހެން ފަސް މާއްދާއިން އެންމެ މަތީ ނަތީޖާ ހޯދައިގެން މި ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުންނަކީ:

  • ސީ.އެޗް.އެސް.އީ ހުޅުމާލެ: އައިޝަތު ނަބީހާ އަމީން، ލީން އަޙްމަދު ތާރިޤް، ޔަޝާ ޝާފީ ޝަފީޤް، އަދި ޢަލީ މާއިޝް މުފީދު
  • ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލް: ޙުސައިން ޔަމީން
  • ޏ. އަތޮޅު ތަޢުލީމީ މަރުކަޒު: އައިޝަތު ލީން ޢަބްދުﷲ
  • އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ: ލައިލް ޙުސައިން ޙަމީދު
ކިޔުންތެރިންގެ ހިޔާލު