ENGLISH

13 ޖުލައި 2026

Advertisement

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި 140 ބައިވެރިން، އިންޓަވިއު ފަށައިފި

12 ޖުލައި 2026

|

އަޙުމަދު ޙަމީދު

ޒުވާން ޚަތީބުން ޕްރަގްރާމްގެ އިންޓަވިއު ބައި ކުރިއަށް ގެންދަނީ

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ފަރާތަކުން ބައިވެރިވުމަށް އެދި ފޯމު ހުށައަޅައިފި އެވެ. ފޯމު ހުށައެޅި 160 ފަރާތުގެ ތެރެއިން މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ 140 ފަރާތުގެ އިންޓަވިއު މިއަދު ވަނީ ފަށާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ކުދިން ބައިވެރިވެފައިވާއިރު، މާލެއާއި އައްޑޫ ސިޓީ ފިޔަވާ އެހެން އަތޮޅުތަކުގައި ތިބި ކުދިންގެ އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ބައިވެރިވުމަށް ހއ. އަތޮޅުންް ނުވަ ބައިވެރިން، ހދ. އަތޮޅުން 10 ބައިވެރިން، ށ. 11 ބައިވެރިން އަދި ނ. އަތޮޅުން 15 ބައިވެރިން ފޯމް ހުށައަޅާފައިވެ އެވެ.

ރ އަތޮޅުން 10 ބައިވެރިން، ބ. އަތޮޅުން ހަތަރު ބައިވެރިން، ޅ. އަތޮޅުން ހަތް ބައިވެރިން، މާލެ ހިމެނޭހެމް ކ. އަތޮޅުން 28 ބައިވެރީން ފޯމް ހުށައަޅާފައިވެ އެވެ.

އަދި އއ. އަތޮޅުން ފަސް ބައިވެރިން، އދ. އަތޮޅުން ފަސް ބައިވެރިން، ވ. އަތޮޅުން ބައިވެރިއަކު ފޯމް ހުށައަޅާފައިވެ އެވެ.

މީގެ އިތުރުން މ އަތޮޅުން އަަށް ބައިވެރިން، ފ އަތޮޅުން ބައިވެރިއަކު، ދ. އަތޮޅުން ހަ ބައިވެރީން، ތ. އަތޮޅުން 10 ދިހަ ބައިވެރީން، ލ. އަތޮޅުން ހަތަރު ބައިވެރީން އަދި ގއ. އަތޮޅުން ހަ ބައިވެރީން، ގދ. އަތޮޅުން ތިން ބައިވެރީން ޏ. އަތޮޅުން ތިން ބައިވެރީން ސ. 14 ބައިވެރީން ފޯމު ހުށައަޅާފައިވެއެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމަކީ އިސްލާމީކަންތައްތާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމެވެ. މި ޕްރޮގުރާމުގެ ހަތަރު ބުރު މިހާރު ނިމިފައިވާއިރު 621 ޒުވާން ޚަޠީބުން ތަމްރީން ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. މި ޕްރޮގުރާމަކީ، ޒުވާން ޖީލަށް ފުރުސަތު ފަހިކޮށްދިނުމަށާއި، ޚަޠީބުން ނެތުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު