ENGLISH

12 ޖުލައި 2026

Advertisement

ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުން އެލްޖީއޭ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

12 ޖުލައި 2026

|

އައިމިނަތު ޝަފާ

އެލްޖީއޭއިން ފެންފުށީ ކައުންސިލާ ބައްދަލުކުރުމުގެ ތެރެއިން.

ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ ބޯޑަށް، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ބާއްވާ މި އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ ތިން މެންބަރުންނެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހަޅަންޖެހޭނީ އެ އޮތޯރިޓީގެ [email protected] އީމެއިލް މެދުވެރިކޮށެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ދަތިވާ ބޭފުޅުންނަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް އެޓޯލް ޕޯސްޓް ބިލްޑިންގައި ހުންނަ އެލްޖީއޭގެ އޮފީހަށް ހާޒިރުވެ ފޯމު ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި، ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސެންސްގެ ކޮޕީއަކާއި، ޕާސްޕޯޓް ސައިޒް ފޮޓޯގެ ސޮފްޓް ކޮޕީ ހިމެނެއެވެ.

މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ އޯގަސްޓް މަހުގެ 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނީ އޯގަސްޓްމަހުގެ 11 ވާ އަންގާރަ ދުވަހުއެވެ.

މިއީ ކައުންސިލްތަކުގެ ހިންގުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެލްޖީއޭގެ ބޯޑުގައި ކައުންސިލްތަކުގެ ތަމްސީލުކުރުން ކަށަވަރުކުރުމަށް ބާއްވާ އިންތިހާބެކެވެ.

ކިޔުންތެރިންގެ ހިޔާލު