ENGLISH
12 ޖުލައި 2026
ޓްރަމްޕާ އަރިސް އެމެރިކާގެ ނުފޫޒުގަދަ ސެނެޓަރު ލިންޑްސޭ ގްރަހަމް އަވަހާރަވެއްޖެ
12 ޖުލައި 2026
|
އެމެރިކާގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ރިޕަބްލިކަން ޕާޓީގެ އިސް މެންބަރެއް ކަމަށްވާ ސެނެޓަރު ލިންޑްސޭ ގްރަހަމް.
އެންމެ މަޤްބޫލު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އަރިސް، އެމެރިކާގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ރިޕަބްލިކަން ޕާޓީގެ އިސް މެންބަރެއް ކަމަށްވާ ސެނެޓަރު ލިންޑްސޭ ގްރަހަމް އަވަހާރަވެއްޖެއެވެ.
ލިންޑްސޭ ގްރަހަމް އަވަހާރަވީ ކުއްލި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ. ލިންޑްސޭ ގްރަހަމް އަވަހާރަވިކަން ހާމަކޮށްފައިވަނީ މިއަދު އޭނާގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރ އެކްސް މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައެވެ.
ދެކުނު ކެރޮލައިނާއަށް އުފަން ލިންޑްސޭ ގްރަހަމް އެމެރިކާގެ ސެނެޓަށް ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2002 ވަނަ އަހަރުއެވެ. އޭނާއަކީ އެމެރިކާގެ ދިފާއީ އަދި ހާރިޖީ ސިޔާސަތުތައް އެކުލަވާލެއްވުމުގައި ވޮޝިންގްޓަންގައި ހުރި އެންމެ ނުފޫޒުގަދަ އެއް ޝަޚްޞިއްޔަތެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ އަރިސް އެއް ސިޔާސީ ލީޑަރެވެ. މީގެ އިތުރުން އޭނާ ވަނީ ސެނެޓްގެ ބަޖެޓް ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާފައެވެ.
އޭނާ އަވަހާރަވުމުގެ ކުރިން އެންމެ ފަހަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ ޔޫކްރެއިންގެ ކީވްއަށެވެ. މިދިޔަ ހުކުރު ދުވަހު ގްރަހަމް ވަނީ ކީވްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީއާ ބައްދަލުކުރައްވާފައެވެ. އަވަހާރަވުމުގެ ކުއްލި އާލާސްކަންފުޅު ކުރިމަތިވީ މި ދަތުރުފުޅަށްފަހު އެނބުރި ގައުމަށް ވަޑައިގަތްތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
ގްރަހަމްއަކީ ޔޫކްރެއިންގެ ހަނގުރާމައިގައި އެމެރިކާގެ އެހީތެރިކަން އެ ގައުމަށް ފޯރުކޮށްދިނުމަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އަދި އީރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ ޝަހީދުކޮށްލުމަށް ރައީސް ޓްރަމްޕަށް ބާރު އެޅުއްވުމުގައިވެސް އޭނާ އަދާކުރެއްވި ދައުރަށް މީޑިއާގެ ސަމާލުކަން ލިބިފައިވެއެވެ.